|
ބުރާސްފަތި, 07 މެއި 2009 12:06 |
|
މިއީ މަސްލަހަތައް ބަލަންވީ ވަގުތެއް ނޫންކަމަށް ބުނެފައިވާ ޑީއާރުޕީގެ ސިޓީއެއް ލީކުވެއްޖެ |
 މިވަގުތު ޑީއާރުޕީ އިން ބޭނުންވަނީ ޤައުމުގެ ހާލަތު ރަނގަޅު ކުރުމަށްވުރެ ޕާޓީގެ ކުރިއެރުމަށް މަސައްކަތް ކުރުން ކަމަށާއި ކުރިއަށްއޮތް އިންތިޚާބުގައި ރައްޔިތުން މަޖިލިހުގެ މެޖޯރިޓީ ހޯދުމަށްވުރެ މުހިއްމު އެއްކަމެއްވެސް ނެތްކަމުގައި ޒަޢީމު ވިދާޅުވެފައިވާ ކަމަށް ބުނެފައިވާ ޑީއާރުޕީގެ ސިޓީއެއް ލީކުވެއްޖެއެވެ. ޕަބްލިކްރިލޭޝަން ޑައިރެކްޓަރ އަދީލް ޖަލީލް ސޮއި ކުރައްވާ 22 ޖެނުއަރީ 2009 ގައި ޑީއާރުޕީގެ ނައިފަރު ގޮފީގެ ރައީސަށް ފޮނުވާފައިވާ މިސިޓީގައި ބުނެފައިވަނީ " މިއީ މަސްލަހަތައް ބަލަންޖެހޭ ވަގުތެއްކަމުގައި ދެކި ނުލައްވާށެވެ. އިދިކޮޅު މީހުންނާ ކެރިގެން ފާޅުގައި ކުރިމަތިލައްވަންވީއެވެ. " މި ސިޓީގައި ވަރަށް މުހިއްމު ކަމެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ އެމްޑީޕީގެ ފަސް ވައުދު ފުރިހަމަކުރުމަށް އެ ދައްކާ ވާހަކަތަކަށް ގިނައިން ޖޯކު ޖެހުމާއި މަލާމާތުގެ މަންޒަރުތައް ރަށުގެ އެކި ހިސާބުން ދައްކުވައިދޭ ކަންތައްތަކެއް ރަށުތެރޭގައި ހިނގުމެވެ. " މިކަމަށްޓަކާ އެއްމެ އިސްކޮށް މަސައްކަތް ކުރައްވާ ފަރާތްތަކަށް ހޭދަކުރުމަށްޓަކާ މި ހަފްތާގެ ތެރޭގައި އެކައުންޓަށް =/90000 ( ނުވަދިހަ ހާސް ) ރުފިޔާ ޖަމާކޮށްދޭނެ ވާހަކަވެސް ދެންނެވީމެވެ." މިސިޓީގައިވެއެވެ. މި ސިޓީ އަކީ ޞައްޙަ ސިޓީއެއްތޯ ބެލުމަށް ޑީއާރުޕީގެ އޮފީހާގުޅުމަށް ތިންފަހަރު މަތިން ކުރި މަސައްކަތްވެސްވަނީ ކާމިޔާބު ނުވެފައެވެ. މިސިޓީ މާލެ އާއި ރާއްޖޭގެ އެކިއެކި ކަންކޮޅުތަކަށް ފޮޓޯ ކޮޕީ ހައްދައިގެން ބަހަމުން ގެންދާއިރު އަދި މިހާތަނަށް ޑީއާރުޕީން މިސިޓީއާބެހޭ ގޮތުން އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ. 
|
ކިޔުންތެރިންގެ ޚިޔާލް
=އައްޔަ ޓޯޓޯ=